Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި ނިޔާވި މިދިހަތު، ފޮޓޯ: އެމްވީކްރައިސިސް

މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ރޭ 10:32 ހާއިރު ބުރުޒު "ޕީޓްރަލް" ސަރަހައްދުން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައެވެ..

މި ހާދިސާގައި މަރުވެފައިވަނީ 26 އަހަރުގެ މުހައްމަދު މިދުހަތު ނަމަކަށް ކިޔާ ޒުވާނެކެވެ.

އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ރޭ 11:30 ހާއިރުއެވެ.

މި އެކްސިޑެންޓާއި ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައި ނުވެއެވެ. އަދި މި އެކްސިޑެންޓުގައި އަނިޔާވީ ކިތައް މީހުން ކަމެއްވެސް އަދި މުޅިން ސާފެއް ނުވެއެވެ.