Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

އިންޑޮނޭޝިއާއިން ހައްޔަރުކުރު ދިވެހިންގެ ތެރޭގައި ޝެއިހް މުހައްމަދު ހަސަން

ޝެއިހް މުހައްމަދު ހަސަން --

އިންޑޮނޭޝިއާއިން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި ހަތަރު ދިވެހިންގެ ތެރޭގައި ޝެއިހް މުހައްމަދު ހަސަން ހިމެނިއްޖެއެވެ.

ފުލުހުން ބުނީ އެމީހުން އިންޑޮނޭޝިޔާއަށް ދިޔައީ މެލޭޝިޔާ މަގުން ކަމަށާއި، ހައްޔަރު ކުރީ 46 އަހަރާއި، 39 އަހަރާއި، 36 އަހަރާއި އަދި 34 އަހަރުގެ ދިވެހި ފިރިހެނުންކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް އެމީހުން މިހާރު ދޫކޮށްލާފައިވާ ކަމަށާއި އަދި އެނބުރި ރާއްޖެވެސް އައިސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހުން ހައްޔަރުކުރި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ނަމަވެސް އެމީހުންގެ ތެރޭގައި ޝެއިހް މުހައްމަދު ހަސަން ހިމެނެއެވެ. އޭނާއަކީ ރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅެމަށް ހިތްވަރު ލިބޭގޮތަށް ދީނީ ނަސޭހަތް ދިނުމާއި، ދީނީ ގޮތުން ހިޔާލު ތަފާތުވާ މައްސަލަތަކުގައި ވަކި ގޮތަކަށް ކަން ކުރަން ބާރު އަޅާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއިން ހުއްދަ ބާތިލް އިލްމުވެރިޔާއެވެ.

ފުލުހުން ބުނީ އެކަމާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.