Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

ދެމަފިރިން ނިދާފައި ތިއްބާ ގޮތް ނޭނގޭ މީހަކު އައިސް އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފި

މެދު ރާއްޖެތެރޭގެ ރަށެއްގައި ދެމަފިރިއަކު ނިދާފައި ތިއްބާ ގޮތް ނޭނގޭ މީހަކު އައިސް އަންހެން މީހާއަށް ޖިންސީ ގޯނާ ކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 6:20 އެހާކަށްހާއިރު މެދުރާއްޖޭގެ ރަށެއްގައި ދެމަފިރިއަކު ނިދާފައި އޮއްވާ ގޮތް ނޭނގޭ މީހަކު ކޮޓަރިއަށް ވަދެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މި މައްސަލައިގެ އިތުރުން އިއްޔެ ވެސް ވަނީ އަންހެނަކަށް މީހަކު ޖިންސީ ގޯނާކޮށްފައެވެ. ހަމަ މެދުރާއްޖެއަށް ނިސްބަތްވާ ރަށެއްގައި ޖިންސީ ގޯނާ ކުރީ 38 އަހަރުގެ އަންހެނަކަށެވެ. މި މައްސަލާގައި އަންހެން މީހާއަށް ޖިންސީ ގޯނާ ކުރީ 52 އަހަރު ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.