Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

މަޝްހޫރު ލަވަކިޔުންތެރިޔާ މުހްތާރު ހޯދަން އިއުލާންކޮށްފި

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން މަޝްހޫރު ލަވަކިޔުންތެރިޔާ މުހްތާރު އާދަމް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ގޮތުން މާލެ ދަފްތަރު ނަންބަރު 8882 މުހްތާރު އާދަމް 48އ، ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މުހްތާރަކީ ރާއްޖޭގައި 90ގެ އަހަރުތަކުގައި މަޝްހޫރު ލަވަތަކެއް ކިޔާފައިވާ މީހުންގެ މެދުގައި މަގްބޫލު ލަވަކިއުންތެރިއެކެވެ. އަދި ބައެއް ސިޔާސީ ޕާޓީތަކުން ތަފާތު އެކި އިންތިހާބުތަކުގައި ބޭނުންކޮށްފައިވާ ކެމްޕެއިން ލަވަތައް ވެސް މުހްތާރު ވަނީ ކިޔާފައެވެ.