Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

އައްޑޫއަށް ދެ މެގަވޮޓުގެ ދެ ޖެނެރޭޓަރު ގެންނަނީ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީއަށް ދެ މެގެވޮޓުގެ ދެ ޖެނެރޭޓަރުގެ ގައުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނި އެ ޖެނެރޭޓަރުތައް މިހާރުވީ އައްޑު އަށް ގެންދިއުމުގެ މަގުމަތީގައި ކަމަށެވެ. އެ ޖެނެރޭޓަރުތައް އައްޑޫއަށް ގެނެވުމާއި އެކުގައި ޖެނެރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ފެނަކައިން ބުންޏެވެ.

މިމަސް ތެރޭގައިވެސް އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ދެ ފަހަރެއްގެ މަތިން ކަރަންޓު ކަނޑައިގެން ދިޔައެވެ. އައްޑޫ ސިޓީއަކީ މާލެސިޓީ ނެގުމަށްފަހު އެންމެ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅެވެ. ނަމަވެސް އައްޑޫ ސިޓީގައި ރާއްޖޭގައި އެންމެ ބޮޑަށް ކަރަންޓުގެ މައްސަލަ ދިމާވާ ތަނަކީވެސް އައްޑޫ ސިޓީއެވެ.

މި މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އިތުރު ޖަނަރޭޓަރުތައް ހޯދަން ނިންމާފައިވާކަން ފެނަކައިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުނެފައެވެ. މީގެއިތުރުން އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ވަނީ 37 މިލިަން ޑޮލަރު (570 މިލިއަން ރުފިޔާގެ) ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންގްފަންގް އިލެކްޓްރިކްއާ ހަވާލުކޮށްފައެވެ.

މި މަޝްރޫއާ އެކު، ކުރިއަށް އޮތް 15 އަހަރަށް އައްޑު އަށް ބޭނުންވާ ކަރަންޓު އުފެއްދޭނެ ކަމަށް ސަރުކާރުން ބުނެއެވެ. ފެނަކައިގެ ބެލުމުގެ ދަށުން ޑޮންގްފަންގުން ކަރަންޓްގެ މަޝްރޫއު ކުރިއަށް ގެންދާ އިރު، އެ ނިމުމުން އައްޑޫގެ ކަރަންޓްގެ ކެޕޭސިޓީ 36 މެގަވޮޓަށް އިތުރުވާނެ އެވެ.