Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ރޭ ފައި ބިދުނު މީހާ މާލެ ފޮނުވާލަނީ

އަސްލަމް ދުއްވި ސައިކަލް: އޭނާގެ ފަޔަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވޭ. ފޮޓޯ/ އައްޑޫ ލައިވް

ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުވެ މަގުމަތީގައި ހުރި ގަސް މުށްޓެއްގައި ޖެހި ފައި ބިނދި، ފަޔަށް ސީރިއަސް ގެެއްލުންތަކެއް ލިބިފައިވާ މީހާ މިއަދު މެންދުރު ފަހު މާލެ ފޮނުވާލަން ނިންމާފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ހޮސްޕިޓަލުން ބުނީ އިތުރު ފަރުވާ އަށް އެކްސިޑެންޓްވި މަރަދޫ ބީޗް ފްލެޓް މުހައްމަދު އަސްލަމް، 47، މާލެ ފޮނުވާލަން ނިންމި އިރު، އޭނާގެ ކަނާތު ފައި ބިންދައިގެން ގޮސް، ފައިގެ ކަށިތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިިފައިވެ އެވެ.

އޭނާ އެކްސިޑެންޓްވީ ދަރިއަކާ އެކު ސައިކަލުގައި ހިތަދު އަށް ދަނިކޮށް އީސީސީ އާ ދިމާލުން ގޮސް ހިތަދޫ ބޮޑު މަގަށް ނިކުންނަން އޮންނަ އަނދިރި މަގުގައި ހުރި ގަސް މުށްޓެއްގައި ޖެހިގެންނެވެ.