Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ބަލަނީ

އަބްދުﷲ ގާޒީ (ވ): އޭނާ ޗުއްޓީ ނެންގެވުމުން، ކްރިމިނަލް ކޯޓު ހިންގެވުން ފަނޑިޔާރު އަބްދުﷲ ދީދީއާ ވަނީ ހަވާލުކޮށްފައި.-- ހަވީރު ފޮޓޯ

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ނިންމައިފިއެވެ.

އަބްދުﷲ ގާޒީގެ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ. ނަމަވެސް އަބްދުﷲ ގާޒީއާ ގުޅޭގޮތުން ބަލަން ނިންމި މައްސަލައިގެ ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

އަބްދުﷲ ގާޒީ މީގެކުރިން ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައެވެ. އަދި ޑްރަގް ކޯޓުގައި ވެސް އޭނާ މަސައްކަތް ކުރައްވާފައިވެއެވެ.

އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރައްވާފައިވަނީ 2016 ވަނަ އަހަރުއެވެ.