Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ފުރަތަމަ މެޗުން ސްކެވެންޖާސް އާއި ހަބޭސް މޮޅުވެއްޖެ

ދަ ފޭދޫ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން އައްޑޫގައި ބާއްވާ "މައިލޯ ސްޓްރީޓް ސޮކާ" ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުން ސްކެވެންޖާސް އާއި ހަބޭސް މޮޅުވެއްޖެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ސްކެވެންޖާސް މޮޅުވީ ގަން އެއާޕޯޓާއި ބައްދަލުކޮށް 1-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްކެވެންޖާސްގެ އިބްރާހިމް ކުބީންއެވެ.

އަދި ހަބޭސް ވެސް މޮޅުވީ ޔަންގް މެޖެންޓާއާ ބައްދަލުކޮށް 1-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަބޭސްގެ އަހުމަދު އިމްރާންއެވެ.

މި މުބާރާތުގައި މިރޭ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފްރެންޑްސް ކްލަބާއި އަފިރިން އެފްސީއެވެ. ދެވަނަ މެޗުގައި ޝަންގްރިއްލާ ޔުނައިޓެޑާއި ފޭދޫ ހެލްތު ސެންޓަރު ބައްދަލުކުރާއިރު ތިންވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ބޭރުމަތި އާއި އޭއޭއޭއެވެ.

މިރޭގެ މެޗުތައް ފަށާނީ 8:30 ގައެވެ.

ފާއިތުވި 10 އަހަރު ކާމިޔާބު ކަމާއި އެކު ބާއްވާފައިވާ މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ސްކަވޭންޖާސްއެވެ. ރަނައަޕް ހޯދީ ހަބޭސްއެވެ.