Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

ރިޔާސީ ބަޔާނަށް އިދިކޮޅު ޖަވާބު ދިނުމަށް ބައްދަލުވުމެއް ބާއްވަނީ

އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް --

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް ޖަވާބާރުދާރީވުމުގެ ގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އީސްގެ ރިޔާސީ ބަޔާނަށް އިދިކޮޅު ޕާޓީތަކުގެ މެންބަރުން ޖަވާބު ތައްޔާރު ކުރުމުގެ ގޮތުން އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 12:30 ގައި މަޖިލީހުގެ ކޮމިޓީ ކޮޓަރިއެއްގަައި އޮންނާނެ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިސްބަތްވާ ޕާޓީ، އެމްޑީޕީގެ މެންބަރުން އިދިކޮޅު މެންބަރުންގެ އެ ބައްދަލުވުން ބާއްވާ ކޮޓަރިކޮޅަށް ވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި އެތަނުގައި ހިނގާ ކަންކަން ބެލުމަކީ ބުއްދިވެރި ކަމެއް ވެސް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވި ދުވަހު ރައީސް ނަޝީދު ވިދާޅުވަނީ ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމަކީ އިދިކޮޅުގެ ޒިންމާއެއް ކަމަށާއި ނަމަވެސް އިދިކޮޅު ލީޑަރަކީ ކޮން ބޭފުޅެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާތައް ފެށި ދެވަނައަށް ވީ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) ސަލީމް ވަނީ ހަމަޖައްސާފައެވެ.