Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ރޭގެ މެޗުން ބޭރުމަތި އާއި އެފްސީ އަފިރިން މޮޅުވެއްޖެ

ދަ ފޭދޫ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން އައްޑޫގައި ބާއްވާ "މައިލޯ ސްޓްރީޓް ސޮކާ" ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން އެފްސީ އަފިރިން އާއި ބޭރުމަތި އެފްސީ މޮޅުވެއްޖެއެވެ.

އެފްސީ އަފިރިން ރޭ މޮޅުވީ ފްރެންޑްސް ކްލަބާ ބައްދަލުކޮށް 2-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮޮވުނީ ޒައިދާން މުހައްމަދެވެ.

ބޭރުމަތި ވެސް ރޭ މޮޅުވީ އައްޑޫ ފްލައިން ސްކޫލްގެ ޓީމަކާ ބައްދަލުކޮށް 1-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮޮވުނީ އަހުމަދު އިބްރާހިމްއެވެ.

މި ދެ މެޗުގެ އިތުރުން ރޭ ޝަންގްރިއްލާ ޔުނައިޓެޑާއި ފޭދޫ ހެލްތު ސެންޓަރު ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ.

މި މުބާރާތުގައި މިރޭ ވެސް ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކަޅަ ބެންޗާއި ނެކްސަސް އެވެ. ދެވަނަ މެޗުގައި ޒެފިޔާ އާއި އެފްސީ ސްޕްރިންޓު ބައްދަލުކުރާއިރު ތިންވަނަ މެޗުގައި ބައްދަލުކުރާނީ ޑީސީ ސްޕޯޓްސް އާއި އެފްސީ ރޮޗެސްޓާއެވެ.

މިރޭގެ މެޗުތައް ފަށާނީ 8:30 ގައެވެ.

ފާއިތުވި 10 އަހަރު ކާމިޔާބު ކަމާއި އެކު ބާއްވާފައިވާ މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ސްކަވޭންޖާސްއެވެ. ރަނައަޕް ހޯދީ ހަބޭސްއެވެ.