Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފިކުރު އެއްގޮތް ނުވެ، އެންމެ ފަހުން ޖަމީލް ޖޭޕީން ވަކިވެއްޖެ

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރު ކަމުން ވަކިވެވަޑައިގެންފިއެވެ.

ޖަމީލް ޖޭޕީން ވަކިވެވަޑައިގެންފައި މިވަނީ އެޕާޓީގެ ތެރެއިން މަސައްކަތް ކުރުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް ވިދާޅުވެއެވެ. ސިޔާސީ ވިސްނުމާއި ދިވެހި ގައުމާ މެދު ހިތުގައި ބިންވަޅު ނެގިފައިވާ ތަސައްވަރު ފުރިހަމަކުރެއްވޭނެ ފަދަ މަސައްކަތެއް އެޕާޓީގެ ތެރެއިން ކުރެވެން ނެތް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައިވެސް ވާދަކުރެއްވި ޖަމީލް މިފަހަކަށް އައިސް މުޅިންހެންވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމުގެ މަސައްކަތްތަކުގައެވެ. އެގޮތުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ޓީމުގެ އެންމެ އިސް ފަރާތަކީވެސް ޑރ. ޖަމީލެވެ.

ޑރ. ޖަމީލް އަންނަނީ މަދުން ނަމަވެސް ޕީޕީއެމްގެ ބައެއް ހަރަކާތްތަކުގައިވެސް ބައިވެރިވަމުންނެވެ. ރައީސް ޔާމީން ޖަލަށް ހުކުމް ކުރުމުގެ ކުރިން ރާއްޖޭގެ ރަށްތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުގައިވެސް ޖަމީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މިފަހުން ޖަމީލް އަންނަނީވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.