Last Updated: July 3, 22:50
Thursday, July 3, 2025
ދުނިޔެ

އެންމެ މަގުބޫލު މުސްލިމް ލީޑަރ: ތުރުކީގެ ރައީސް އުރުދުޣާން

ސިޔާސީ ލީޑަރުންނާއި މަގުބޫލު ޝަޚްޞިއްޔަތުންނާއި އިޖުތިމާޢީ މައްސަލަތައް ދިރާސާ ކުރުމުގެ ރޮގުން މުޅިދުނިޔެއަށް މަޝްހޫރު، ގެލަޕް އިންޓަނޭޝަނަލްއިން ހާމަކުރިގޮތުގައި ދުނިޔޭގެ މުސްލިމް ލީޑަރުންގެތެރެއިން އެންމެ މަގުބޫލު ލީޑަރަކީ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންއެވެ.

ދުނިޔޭގެ ސިޔާސީ ލީޑަރުންނަށް ބަލާއިރު އުރުދުޣާން ހިމެނިވަޑައިގަންނަވަނީ މުޅިދުނިޔެއިން އެންމެ މަޤްބޫލު ފަސްވަނަ ލީޑަރުގެ ގޮތުގައެވެ.

މިސާވޭކުރީ މިދިޔަ 2019 އަހަރުގެ ނޮވެމްބަރުމަހާއި ޑިސެމްބަރ މަހު ދުނިޔޭގެ 50 ގައުމެއްގައެވެ. މަގުބޫލު ލީޑަރުން ހޮވުމަށް އެ 50 ގައުމުގެ 50 ހާހަށްވުރެ ގިނަ އަންހެނުންނާއި ފިރިހެނުންގެ ޚިޔާލު ހޯދިއެވެ. ކޮންމެ ގައުމެއްގެ ހާހަކަށްވުރެ އަންހެނުންނާއި ފިރިހެންނުންނާއި ސުއާލުކޮށް ދުނިޔޭގެ ލީޑަރުންނާއި ގުޅޭ ޚިޔާލާއި އެބޭފުޅުންނާ ގުޅޭ މައުލޫމާތު އެއްކުރެވުނެވެ.

އުރުދުޣާން ފާހަގަ ކުރެވެނީ މުސްލިމް އުއްމަތުގެ ހައްގުގައި ވަރަށް ވަރުގަދައަށް ވަކާލާތުކުރައްވާ ލީޑަރެއްގެ ގޮތުގައެވެ.

ދުނިޔޭގެ އެންމެ މަޤްބޫލް ލީޑަރުންގެތެރޭގައި މިފަހަރު ދިވެހިރާއްޖެއާއި ޕާކިސްތާނާއި މެލޭޝިޔާގެ ވެރިން ހިމެނިވަޑައެއްނުގަނެއެވެ.