Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 52 ރަބަރު ޕެކެޓާ އެކު މީހަކު ހުޅުމީދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މި މައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 28 އަހަރުގެ ފިރިހެނެކެެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޭނާ ދިރިއުޅެމުންދާ ގޭގައި ހުއްޓައި މި މަހުގެ 17 ވަނަ ދުވަހުގެ 12:25 ހާއިރު އެވެ.

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 52 ރަބަރު ޕެކެޓް ފެނިފައި ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ ކޮޓަރި ބަލައި ފާސްކު ރުމުން އެ ކޮޓަރި ތެރެއިންނެވެ.

މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.