Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯ ރިކޯޑިން އާއްމުކުރަން ފަށައިފި

ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯ ރިކޯޑިން އާއްމުކުރަން ފަށައިފި އެވެ.

އެކަން އިއުލާންކުރެއްވީ ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިންތައް ސުޕްރީމް ކޯޓުގެ ވެބްސައިޓު މެދުވެރިކޮށް މިހާރުން ފެށިގެން އަޑުއެހޭނެ އިންތިޒާމު ހަމަޖައްސައިފައިވާނެ ކަމަށެވެ.

އަދި ބަޖެޓް ލިބުނުހާ އަވަހަކަށް ސުޕްރީމް ކޯޓުގެ އަޑުއެހުންތަކުގެ ލައިވް ސްޓްރީމްކޮށްގެން ވެސް ބެލޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ވަކިވަކި ޝަރީއަތްތަކުގެ އޯޑިއޯ އަޑުއަހާލުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.