Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އައްޑޫގައި ފަތުރުވެރިއަކު ޑީކޯވެ މާލެ ގެންނަނީ

ފީނަން ގޮސް އުޅުނު ފަތުރުވެރިއަކު ޑީކޯވެެގެން އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކުގައި މާލެ ގެންނަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ކަނޑިހެރަ މަންތާ ޕޮއިންޓް އަށް ޑައިވިންއަށް ދިޔަ 57 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ޑިކޯވެގެން އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެންނަން މިހާރު ތައްުޔާރުވަމުންދާ ކަމަށެވެ. ޑިކޯވި ފަތުރުވެރިޔާ މިއަދު 11:15 ކަންހާއިރު ހެލިކޮޕްޓަރުގައި މާލެ ގެންނާނެ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

ޑިކޯވާ މީހުންނަށް މިހާރު ފަރުވާ ދެމުންދަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބާތައް ބޭނުންކޮށްގެންނެވެ.

ނަމަވެސް ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އައްޑޫ ސިޓީގައި ޑީކޯވާ މީހުންނަށް ހާއްސަ ޗެމްބަރެއް ގާއިމް ކުރުމަށެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވަނީ އައްޑޫގައި ވަރަށް އަވަހަށް އޭގެ ޗެމްބަރެއް ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.