Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

ދަރިވަރުންތަކަކަށް ނިވާކަން ކުޑަ މަންޒަރު ހިމެނޭ ވީޑިއޯއެއް ދެއްކި މައްސަލަ ފެންމަތިވެއްޖެ

މާއެނބޫދޫ --

ދ. މާއެނބޫދޫ ސްކޫލް ޓީޗަރަކު ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯއެއް ދެއްކު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ އެރަށުގެ ސްކޫލުގެ ޓީޗަރަކު ގްރޭޑު 7 ގެ ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑީއޯ ޑޮކިއުމެންޓްރީއެއް ދެއްކި މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ފެންމަތިވަމުން އަންނަ މި ދުވަސްވަރުގައި ސްކޫލު ޓީޗަރުންގެ ފުށުންވެސް މިފަދަ އަމަލުތައް ފެންނަލެއް ވަކި މަދެއް ނޫނެވެ. ބައެއް ސްކޫލުތަކުގައި ދަރިވަރުންނަށް ޖިންސީ ގޯނާކޮށްގެން ޓީޗަރުން ސަސްޕެންޑު ކޮށްފައިވާއިރު އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވިގެންވެސް ބައެއް ޓީޗަރުން ސަސްޕެންޑު ކޮށްފައި އެބަހުއްޓެވެ.