Last Updated: April 18, 16:22
Thursday, April 18, 2024
ޚަބަރު

ރައީސް ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފި

ފެބްރުއަރީ 17، 2019: ޝަރިީއަތް ނިމެންދެން ކޯޓުން ކުރި އަމުރަކާގުޅިގެން ކުރީގެ ރައީސް ޔާމީން ހައްޔަރުކުރުން -- ސަން ފޮޓޯ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފިއެވެ.

ޕީޕީއެމްގެ އޮފިޝަލަކު "އައްޑޫލައިވް"އަށް މިއަދު ވިދާޅުވީ ރައީސް ޔާމީން މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކުރި ކަމަށެވެ. އެހެންނަމަވެސް މިހާރު އެމަނިކުފާނު އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. ރައީސް ޔާމީން އެޑްމިޓް ކުރެއްވީ ހިތުގެ މައްސަލައެއް އުޅޭތީ ހިތުގެ ޑޮކްޓަރަކަށް ދެއްކެވުމަށް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ހައިކޯޓުގައި މީގެކުރިން ބޭއްވި ޝަރީއަތުގައިވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ހިތުގެ މައްސަލަ އުޅޭ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް ރާއްޖެއިން އެ ފަރުވާ ކުރެވެން ނެތް ކަމަށާއި ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަކަށް ޝަރީއަތުގައި ރައީސް ޔާމީން ވަނީ އެދިފައެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައިގެ އިތުރުން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމުގެ ހުއްދަވެސް ހައިކޯޓުން ނުދީ މައްސަލަ ނިންމާލިއެވެ.