Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ބްރިޖު ހައިވޭ މަތިން މީހަކު ކަހާލައިގެން އެކްސިޑެންޓުވެ އަނިޔާވެއްޖެ

އެކްސިޑެންޓުވި ދެ ސައިކަލު - ފޮޓޯ: ޕޮލިސް

މިއަދު ހަވީރު ހުޅުމާލެއިން މާލެއަށް ސައިކަލެއްގައި ދިޔަ މީހަކު ސިނަމާލެ ބްރިޖުގެ ހައިވޭ މަތިން ކަހާލައިގެން ވެއްޓި އަނިޔާވެއްޖެއެވެ. 

ފުލުހުން ބުނީ މިއަދު ހަވީރު 15:40 އެހާކަށްހާއިރު ހުޅުމާލެއިން މާލެއަށް ދާން ސައިކަލެއްގައި ދިޔަ މީހަކު ހައިވޭ މަތިން ކަހާލައިގެން ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 49 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. 

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި މީހާގެ ފުށް ކިބައިން ފަޅައިގެން ގޮސް އަނގައިން ލޭ އަންނަ ކަމަށާއި އަދި ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

މިއަދު ހަވީރު މާލޭގައިވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާގެ ހާލު ސީރިއަސް ކަމުން މިހާރު ވަނީ އައިސީޔޫއަށް ބަދަލުވެސް ކޮށްފައެވެ.