Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ސަރުކާރުން 573 މިލިއަން ހަރަދުކޮށްފި

ގަން އެއާޕޯޓް ބިން ހިއްކުން އަލުން ފަށައިގެން ކުރިއަށް ދަނީ. ފޮޓޯ/ އަހުމަދު ޝަފިއު

މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކަށް 573 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާތު ހިސާބުތައް ދައްކާ ގޮތުގައި ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތަކަށް 40.9 މިިލިއަން ހަރަދުކޮށްފައިވެއެވެ.  ތައުލީމީ ދާއިރާގެ ބަޖެޓުން މިހާތަނަށް ޕީއެސްއައިޕީއަށް 13.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ދަތުރުފަތުރުގެ ދާއިރާ އިން 29.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ހައުސިންގެ ދާއިރާއިން 11.7 މިލިއަން ރުފިޔާ ޕަބްލިކް ސެންޓާ އިންވެސްޓުމަންޓު ޕްރޮގްރާމަށް މިއަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައިާއިރު ބިން ހިއްކުމާއި މަގު ހެދުމަށް މި މުއްދަތުގެ ތެރޭގައި 32.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކައެވެ.

މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި ފާސްކޮށްފައިވަނީ 10.45 ބިލިއަން ރުފިޔާ އެވެ.