Last Updated: June 13, 02:24
Friday, June 12, 2026
މުނިފޫހިފިލުވުން

"ޗެންނާއީ އެކްސްޕްރެސް" ގެ ޕޯސްޓަރު އާންމުކޮށްފި

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމްގެ ތެރޭގައި ހިމެނޭ ޝާހްރުކް ހާނާއި ދީިޕިކާ ޕަދްކޯން ލީޑް ރޯލް ކުޅޭ "ޗެންނާއީ އެކްސްޕްރެސް" ގެ ޕޯސްޓަރު އާންމުކޮށްފި އެވެ. އެހެން ނަމަވެސް ފިލްމް ރިލީޒް ކުރާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މިއީ "އޯމް ޝާންތީ އޯމް" އަށް ފަހު ދީޕިކާ އާއި ޝާހް އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. އެ ފިލްމަށް ފަހު މި ދެ ތަރިން އެންމެ ފަހުން އެކުގައި ފެނިގެން ގޮސްފައި ވަނީ ޕްރިޔާ ދަރްޝަން ޑައިރެކްޓް ކުރި "ބިއްލޫ" ގެ އައިޓަމް ލަވައަކުންނެވެ. "ޗެންނާއީ އެކްސްޕްރެސް" އަކީ ކާމިޔާބް ގިނަ ފިލްމްތަކެއް ޑައިރެކްޓްކޮށްފައިވާ އަދި އަޖޭ ދޭވްގަންގެ ބެސްޓް ފްރެންޑް ރޯހިތު ޝެޓީ އެވެ. މިއީ ރޯހިތާ އެކު ޝާހް އާއި ދީޕިކާ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

ރޯހިތު މިހާތަނަށް ޑައިރެކްޓް ކުރި ހުރިހާ ފިލްމެއްގައި އަޖޭ ދޭވްގަން ހިމެނެ އެވެ. އޭގެ ތެރޭގައި "ގޯލްމާލް "ސީރީޒް އާއި "ސިންގަމް" އަދި "ބޯލް ބައްޗަން" ފަދަ ފިލްްމްތައް ހިމެނެ އެވެ.

"ޗެންނާއީ އެކްސްޕްރެސް" އަކީ ޝާހްގެ ރެޑް ޗިލީޒް އެންޓަޓެއިންމަންޓާއި ޔޫޓީވީ ގުޅިގެން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.