Last Updated: June 9, 20:11
Tuesday, June 9, 2026
ވިޔަފާރި

"ސްކައި އިޒް ދަ ލިމިޓް" ފޮތް ފިހާރަތަކަށް

ސަނީމް އޭނާ ލިއުނު ފޮތުގެ ކޮޕީއަކާ އެކު. ފޮޓޯ/ ހަވީރު

ސ. ފޭދޫ ސްކޫލްގެ ގްރޭޑް 5 ގައި ކިޔަވާ އަލީ ސަނީމް މުހައްމަދު މި މަހުގެ 12 ވަނަ ދުވަހު ނެރުނު އޭނާގެ ފުރަތަމަ ފޮތް "ސްކައި އިޒް ދަ ލިމިޓް" މާލެ އާއި އައްޑޫގެ ފޮތް ފިހާރަތަކުން ވިއްކަން ފަށައިފި އެވެ.

ކާމިޔާބް ކުއްޖަކަށް ވާން މަސައްްކަތް ކުރެވިދާނެ ގޮތްތަކެއް ކިޔައި ދީފައިވާ އިނގިރޭސި ބަހުން ލިޔެފައިވާ ސަނީމްގެ ފޮތް ގަންނަން ލިބެން ހުންނާނީ މާލޭ އެމް 7 ބުކްޝޮޕުންނާއި ރައުންޑް ވަން ބުކްޝޮޕުންނާއި ރާދަ ބުކްޝޮޕުންނާއި ނޮލެޖް ބުކްޝޮޕުންނެވެ.

މީގެ އިތުރުން "ސްކައި އިޒް ދަ ލިމިޓް" ޕްރިންޓް ކުރި ފޭދޫ ދަލޫޒް ޕްރިންޓުންނާއި މޯރަލް ބުކްޝޮޕްގެ އިތުރުން ހިތަދޫ އައިލެންޑް ބުކްޝޮޕުން މި ފޮތް ލިބެން ހުންނާނެ އެވެ. ފޮތުގެ އަގަކީ 85ރ. އެވެ.

ސަނީމް ބުނީ 20 ދުވަހުގެ ތެރޭގައި ލިޔެ ނިންމާލި "ސްކައި އިޒް ދަ ލިމިޓް" އަކީ އޭނާގެ މަންމަ ފޭދޫ ޖޭމުގަސްދޮށުގޭ ހައްވާ ޝަހީނާގެ އެދުމުގެ މަތިން ލިޔުނު ފޮތެއް ކަމަށެވެ.

އަދި އަންނަ އަހަރުގެ ތެރޭގަައި ވެސް އިތުރު ފޮތެއް ނެރެން ސަނީމް ވަނީ ނިންމާފަ އެވެ.