Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އިންތިހާބަށް ނުފޫޒު ނުފޯރާނަމަ މާލެސިޓީގެ މޭޔަރަކީ މުއިއްޒު: އާދަމް ޝަރީފް

ސަރުކާރުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެއްވެސް ގޮތަކުން ނުފޫޒު ނުފޯރުވައިފި ކަމަށްވާ ނަމަ މާލެސިޓީގެ މޭޔަރަކަށް އިންތިހާބު ކުރާނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް މަޑުއްވަރީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާ ޑރ. މުއިއްޒަށް ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ނަޝީދު ފާޑުވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ އާދަމް ޝަރީފު އުމަރު ކުރެއްވި ޓްވީޓެއްގައި ވަނީ ނަޝީދަށް ސުވާލެއް ކުރިމަތި ކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަވެސް ވިދާޅުވީ ރޭގެ ޖަލްސާގައި ނަޝީދަށް މާބޮޑަށްވެސް ޕްރެޝަރު ބޮޑުވީ ކަމަށްތޯއެވެ. އަދި ވިދާޅުވީ ނަޝީދަކީ މަޖިލީހުގެ ރައީސް ކަމަށާއި އެހެންކަމުން އެހެން ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުންނަށްވެސް އިހްތިރާމު ކުރުމަށް ގޮވާލާ ކަމަށެވެ.

ވާހަކަ ދެއްކެވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޒިންމާ އުފުލުމަށް ހަނދުމަފުޅު ބެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަށް އިލްތިމާސްކުރައްވައިފިއެވެ.

"ތިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އެހެން މީހުންނަށްވެސް އިހްތިރާމް ކުރައްވާ. ސަރުކާރުން ނުފޫޒު ނުފޯރުވައިފި ނަމަ މާލެސިޓީ މޭޔަރަކަށް ހޮވޭނީ ޑރ. މުއިއްޒު" އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ހައިސިއްޔަތުން އެހެން ޕާޓީތަކަށް ނިސްބަތްވާ ގޮތަށް އެފަދަ އިންސާނިއްޔަތާއި ހިލާފް ބަސްތައް ބޭނުން ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ރޭގެ ޖަލްސާގައި ނަޝީދު ވަނީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ހާއްސަކޮށް މާލެސިޓީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މުއިއްޒު ހަލާކު ކޮށްލާފައިވާ ކަމަށާއި މާލޭގެ ރައްޔިތުން މުއިއްޒަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.