Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށްފަހު މުއިއްޒުގެ މައްޗަށް އެތައް ތުހުމަތުތަކެއް!

، ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: އަވަސް

ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާލެސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހައުސިން މިނިސްޓަރު އަދި ޑރ.މުހައްމަދު މުއިއްޒު ރޭ ފުލުހަށް ހާޒިރުކޮށް ގިނަ ތުހުމަތުތަކެއް އޭނާގެ މައްޗަށް ކޮށްފިއެވެ.

ފުލުހުންގެ މައި އިދާރާ، ހުސައިން އާދަމް ބިލްޑިންގ އިން ނިކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ނޫމަޑި މައްސަލާގައި ގިނަ ތުހުމަތުތަކެއް ކުރައްވާފައިރު އަދުލު އިންސާފަށް ހުރަސް އެޅުމުގެ ތުހުމަތުވެސް ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ދައުލަތުގެ އެކިއެކި މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރިމުގެ ތުހުމަތުވެސް މުއިއްޒަށް ވަނީ ކޮށްފައެވެ.

މުއިއްޒު ފުލުހުންގެ އިދާރާއަށް މިރޭ ހާޒިރު ކޮށްފައިވާއިރު ރޭ އެމްޑީޕީން ބޭއްވި ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައިވެސް މުއިއްޒަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި މުޅި މާލެސިޓީ ހަލާކު ކޮށްލުމުގެ މޭސްތިރިޔަކީ ޑރ. މުއިއްޒުއެވެ. ނަޝީދު ވަނީ މުއިއްޒަށް “ހޮޅި މުއިއްޒު” މިފަދައިން މުހާތަބުވެސް ކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެތައް ދަތިތަކެއް ކުރިމަތި ކުރުވުމަށްފަހު މާލެ ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން އަންނަ މުއިއްޒު ލަދު ގަންނަންޖެހޭނެ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓް އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެ ކުންފުންޏާ އެކު ސެޓްލްމަންޓް އެގްރިމެންޓެއް ހަދައި 55 މިލިއަން ޑޮލަރު (845 މިލިއަން ރުފިޔާ) ވަނީ ދީފައެވެ.