Last Updated: June 9, 20:11
Tuesday, June 9, 2026
މުނިފޫހިފިލުވުން

މަނޯޖް ކުމާރު އެޑްމިޓްކޮށްފި

ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެ، ޑައިރެކްޓްކޮށްފައިވާ ކުރީގެ މަޝްހޫރު އެކްޓަރު މަނޯޖް ކުމާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 75 އަހަރުގެ މަނޯޖް މީގެ ދެ ދުވަސް ކުރިން މުމްބާއީގެ ކޮކިލާބެން ހޮސްޕިޓަލްގައި އެެޑްމިޓް ކުރީ އޭނާގެ ގޮލްޑް ބްލެޑާގައި ރިިއްސަން ފެށުމުންނެވެ.

އެހެން ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ވެސް މަނޯޖާ ގާތް ފަރާތަކާ ހަވާލާދީ މީޑިއާތަކުން ބުނެ އެވެ.

މަނޯޖް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު ކުރީގެ މަޝްހޫރު ވިލަން ޕްރާން އުމުރުން 93 އަހަރުގައި މި މަހުގެ 12 ވަނަ ދުވަހު ވަނީ މަރުވެފަ އެވެ.

މަނޯޖް ފާހަގަކޮށްލެވޭ ބައެއް ފިލްމްތަކުގެ ތެރޭގައި "ޝަހީދު"، "އުޕްކާރު"، "ޕޫރަބް އޯރް ޕަސްޗިމް" އަދި "ރޯޓީ ކަޕްޅާ އޯރް މަކާން" ފަދަ ފިލްމްތައް ހިމެނެ އެވެ.