Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ފަސް މީހެއްގެ ގޯތި ރަޖިސްޓްރީ ބާތިލްކޮށްފި

ސ. ހިތަދޫން މީގެ ކުރިން ދޫކޮށްފައިވާ ފަސް ބިމެއްގެ ރަޖިސްޓްރީ ބާޠިލްކޮށް އެ ގޯތިތަކަކީ ވެރި ފަރާތުން ވަކި ކުރެވިފައިވާ ގޯތިތައް ކަމަށް އައްޑު ސިޓީ ކައުންސިލުން ކަނޑައަޅައިފި އެވެ.

ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނާ ގޮތުން ރަޖިސްޓްރީ ބާޠިލް ކުރި ގޯތިތަކަކީ އެ ގޯތިތައް ދޫކުރެވިފައިވާ ފަރާތްތައް ނިޔާވި އިރު ވެސް ގޯތިތަކުގައި އިމާރާތްކޮށްފައި ނުވާ އަދި ވާރިސުންނަށް ޤާނޫނީ ގޮން އެ ގޯތިތަކުގައި ތަރިކައެއް ނެތުމާ ގުޅިގެން ބާތިލް ކުރި ގޯތިތަކެވެ.

އޭގެ ތެރޭގައި ހިމެނެނީ މާމެންދޫން ހަތަރު ގޯއްޗަކާއި އޮޑައްސައު ސަރަހައްދުން އެއް ގޯއްޗެވެ.

އެއީ ހިތަދޫ ފިނިއުނިމާގޭ ފާތުމަތު ދީދީ އަށް އޮޑައްސައު ސަރަހައްދުން ދޫކުރި 261 ނަންބަރު ގޯއްޗާއި ހިތަދޫ ނިޔަދުރުމާގޭ މަރިޔަމް ދިޔެ އަށް މާމެންދޫން ދޫކޮށްފައިވާ 549 ނަންބަރު ގޯއްޗާ، ހިތަދޫ ކައްބާބުގޭ އަޙްމަދު ވަހީދަށް މާމެންދޫން ދޫކޮށްފައިވާ 332 ނަމްބަރު ގޯތީގެ އިތުރުން ހިތަދޫ ހުވަނދުމާގޭ އިބްރާހިމް އިސްމާއީލަށް މާމެންދޫން ދޫކޮށްފައިވާ 80 ނަންބަރު ގޯއްޗާއި އަދި ހިތަދޫ ފްރީލައިފް މުހައްމަދު ނަސީރަށް މާމެންދޫން ދޫކޮށްފައިވާ 1177 ނަންބަރު ގޯތި ކަމަށް އައްްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.