Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކޮވިޑް-19 އާ ގުޅިގެން ގިނަ މީހުން ބައިވެރިވާ އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފި

ސިޔާސީ ޕާޓީއަކުން ބޭއްވި އެއްވުމެއް: ފޮޓޯ / މާޕު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ގިނަ މީހުން ބައިވެރިވެގެން އެއްވާ އެއްވުންތައް ނުބޭއްވުމަށް ހެލްތު ޕްރޮޓެެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ހާލަތު އެ އޭޖެންސީއިން ބަލަމުން އަންނަ ކަމަށާއި، އެގޮތުން ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝީއާގެ ބައެއް ގައުމުތަކުގައި، ޗައިނާއަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ކިބައިންވެސް މިބަލި ފެނި، އެ ގައުމުތަކުގައި ބަލި ފެތުރެމުންދާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އެޗްޕީއޭއިން ވަނީ ހަތް ގައުމަކަށް ދިވެހިން ދިއުމުގައި ސަމާލުކަން ދިނުމަށް އެދިފައެވެ. އެއީ ޖަޕާން، ސިންގަޕޫރު، ހޮންގް ކޮންގް، ސައުތް ކޮރެއާ، ތައިލެންޑް، އީރާން، އިޓަލީއެވެ. މީގެއިތުރުން ބޭރު ގައުމަތަކަށް ދިއުމުގައިވެސް އިތުރު ސަމާލުކަން ދިނުމަށް އިލްތިމާސްކުރިއެވެ. އެގޮތުން ދަތުރު ކުރައްވާ ގައުމެއްގައި ބަލި ފެތުރޭ މިންވަރާއި، ސަރަހައްދުތައް ދެނެގަތުމާއި، އެ ގައުމެއްގެ ސަރުކާރުން ރައްކާތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް ދެނެގަނެ، އެކަންކަމަށް އަމަލު ކުރުމަށް އެޗްޕީއޭއިޖން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވަނީ، ރޯގާޖެހި ހުސް އައިސްފައި ތިބި މީހުންނާއި ކައިރީގައު ނޫޅުމާއި، ސައިނބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުން، އަދި ސައިބޯނި ނެތް ނަމަ ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރު ކުރުމަށްފަހު އެނބުރި އައިސް، ރޯނގާ ޖެހި، ކެއްސާ، ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ގޭގައި މަޑުނުކޮށް، ރަނގަޅު ނުވެ ގިނަ ދުވަސްވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް އިލްތިމާސްކޮށްފައެވެ.