Last Updated: April 16, 15:47
Tuesday, April 16, 2024
ވިޔަފާރި

ސިބްކޯއިން "ގުޑްޑޭ ޗާޖް" ރާއްޖެއަށް ތައާރަފްކޮށްފި

ސިބްކޯ އިން މިދިޔަ އަހަރު ރާއްޖެއަށް ތައާރަފުކުރި ބުއިމެއް ކަމަށްވާ "ގުޑްޑޭ" ގެ އާ ބާވަތެއް ކަމަށްވާ "ގުޑްޑޭ ޗަރޖް" މިއަދު ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ސިބްކޯ އިން ބުނާގޮތުގައި ޗަރޖް އަކީ މިއުޓިޕްރޯ ހިމެނޭ، ޕްރޮޓީންސް، ކެލްސިއަމް އަދި ވިޓަމިން ސީ، ޑީ، ބީ1، ބީ2، ބީ6، އައޮޑިން އަދި ނިއަސިން އެކުލެވިގެންވާ މީރު ބުއިމެކެވެ. އަދި މި ބުއިމަކީ ކަށީގެ ބާރު ގަދަކޮށް، ލޮލުގެ ސިއްހަތާއި ހެދި ބޮޑުވުމުގައި އެހީވެދޭ، ހަކަތަ ލިއްބައިދޭ ޗޮކޮލެޓް ރަހަދޭ ބުއިމެކެވެ.

މީޑިޔާ އާއި ވާހަކަ ދައްކަވަމުން ސިބްކޯގެ މަރކެޓިންގ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ، ހާނީ ނައީމް ވިދާޅުވީ ފާއިތުވި އަހަރުގެ ޖެނުއަރީ މަހު އެކުންފުނިންވަނީ، އެކުންފުނީގެ 3 ވަނަ އަހަރީ ދުވަހާއި ދިމާކޮށް، މެލޭޝިއާގެ އުފެއްދުމެއް ކަމަށްވާ ގުޑްޑޭ ކިރުގެ 4 ބާވަތެއް ރާއްޖެއަށް ތައާރަފުކޮށްފައި ކަމަށެވެ.

އަދި އެކުންފުނިން މި ބްރޭންޑްގެ 5 ވަނަ ބާވަތް ރާއްޖެއަށް ނެރުނީ ފާއިތުވި އަހަރު ތެރޭގައި މި ބްރޭންޑަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވުމުން ކަމަށް ހާނީ ވިދާޅުވިއެވެ.

ސިބްކޯއަކީ ރާއްޖޭގައި، މަޝްހޫރު ބްރޭންޑްތައް ކަމަށްވާ އަލްމުދިޝް އިންސްޓެންޓް ހޯލް މިލްކް ޕައުޑަރ، އަލްމުދިޝް ޓޮމާޓޮ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، މޭމީ ޕޮކޯ ޕޭންޓްސް ނެޕީ، ޑިއުރަސެލް ބެޓެރީ އަދި ޓެޓްލޭ ސައިފަތުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.