Last Updated: July 25, 18:05
Sunday, July 26, 2026
ޚަބަރު

ސްނޯކްލިން އަށް ގޮސް އުޅުނު ޔޫކްރެއިން ފަތުރުވެރިއަކު މަރުވެއްޖެ

ރިހިވެލި ރިސޯޓު --

ކ. ރިހިވެލި ރިސޯޓު ކައިރިން ސްނޯކްލިން އަށް ގޮސް އުޅުނު ޔޫކްރެއިންގެ ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ 48 އަހަރުގެ ފިރިހެން ފަތުރުވެރިއަކު ގެނބިގެން ކ. ގުރައިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 11:39 އެހާކަށްހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެމީހާ ގުރައިދޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެމީހާ މަރުވެފައި ވަނީ ފިޓު ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މައްސަލާގައި ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.