Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ހެރޮއިންއާއެކު ދެ ދިވެހިން ލަންކާއިން ހައްޔަރުކޮށްފި

ހަތަރު ކިލޯގެ ހެރޮއިންއާއެކު ލަންކާގައި ދެ ދިވެހިން އަތުލައިގެންފިއެވެ.

ލަންކާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި ތިން މީހުން ހައްޔަރުކުރީ ގިނަ އަދަދެއްގެ ދިވެހިން ލަންކާގައި އާބާދު ވެފައި އޮންނަ ދެހިވަލަ ސަރަހައްދުންނެވެ.

ލަންކާ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއޮޕަރޭޝަނުގައި ހައްޔަރުކުރީ ޖުމުލަ ހަމީހުންނެވެ. އަދި އެމީހުން ބޭނުންކުރި ދެ ކާރެއް ވެސް ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހައްޔަރުކުރި އެންމެންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު މައުންޓް ލަވީނިއީ މެޖިސްޓްރޭޓް ކޯޓަށް ގެންދާނެއެވެ.

މިދިޔަ އަހަރު ލަންކާގައި ދިން ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން ވެސް ދިވެހިންތަކެއް ވަނީ ހައްޔަރުކޮށްފައެވެ.