އަޖޭ ދޭވްގަން އާއި ތަމަންނާ ހިމަނައިގެން ސާޖިދް ހާން ޑައިރެކްޓް ކުރާ "ހިންމަތުވާާލާ" ގައި ސޮނާކްޝީ ސިންހާގެ އައިޓަމް ލަވައެއް ހިމަނަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ދަބަންގް" އާއި "ދަބަންގް 2" ގެ އިތުރުން "ރައުޑީ ރާތޯޑް" ފަދަ ކާމިޔާބް ފިލްމްތަކުން ފެނިފައިވާ ސޮނާކްޝީ މީގެ ކުރިން ވެސް ވަނީ އަކްޝޭ ކުމާރުގެ "އޯއެމްޖީ (އޯ މައި ގޯޑް)" ގައި ވެސް ޕްރަބޫ ދޭވޭ އާ އެކު އައިޓަމް ލަވައެއް ހުށަހަޅައި ދީފައިވެ އެވެ.
"ހައުސްފުލް 2" އަށް ފަހު ސާޖިދް ޑައިރެކްޓް ކުރާ "ހިންމަތުވާލާ" އަކީ 1983 ވަނަ އަހަރު ޖީތެންދްރާ އާއި ސްރީ ދޭވީ ލީޑް ރޯލް ކުޅުނު "ހިންމަތުވާލާ" ގެ ރީމެކިންއެކެވެ. މި ފިލްމްގެ ފުރަތަމަ ޓްރެއިލާ މި މަހުގެ 13 ގައި ރިލީޒްވާ "ރޭސް 2" އާ އެކު އާންމު ކުރާނެ އެވެ.
"ހިންމަތުވާލާ" ރިލީޒް ކުރަނަ ހަމަޖެހިފައި ވަނީ މާޗް 29 ގަ އެވެ.