Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ޝަރަފުއްދީންގެ މަދަހަ ސީޑީ "ރަންދާން" ނެރެފި

"ރަންދާން" މަދަހަ ސިޑީ ހަސަން ލަތީފް ނެރެދެއްވަނީ. ފޮޓޯ/ އައްޑޫ ލައިވް

ސ. ހިތަދޫ ޝަރަފުއްދީން ސްކޫލުން ތައްޔާރު ކުރި މަދަހަ ސީޑީ "ރަންދާން" ރޭ ނެރެފި އެވެ.

ދިހަ މަދަހައިގެ މައްޗަށް އެކުލެވޭ މި މަދަހަ ސީޑީ ރޭ ނެރެދެއްވީ ޝަރަފުއްދީނުގައި "އިސްލާމް ދީނަކީ ހައްގު ދީން" ގެ ނަމުގައި ރޭ ބޭއްވި އިހުޔާ ފޯރަމްގައި ޝެއިހް ހަސަން ލަތީފު މޫސާ އެެވެ.

"ރަންދާން" ގައި ހިމެނޭ މަދަހަތައް ކިޔާފައި ވަނީ ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންނެވެ. މި ސީޑީގެ ރެކޯޑިން ހަދާފައި ވަނީ އަމިއްލަ ފަރާތަކާއި އެ ސްކޫލާ ގުޅިގެންނެވެ.

ޝަރަފުއްދީން ސްކޫލުން ބުނީ މަދަހަ ސީޑީ ވިއްކާ ވަރަށް އަދި ތައްޔާރު ނުކުރެވޭ ކަމަށެވެ. އެހެންވެ ސީޑީ ވިއްކުމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.