Last Updated: July 25, 06:01
Saturday, July 25, 2026
ދުނިޔެ

ކޮވިޑް 19: އިނގިރޭސިވިލާތުން ބަލި ޖެހުނު މީހަކު މަރުވެއްޖެ

ޗައިނާ އާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގައި އިނގިރޭސިވިލާތުން މީހަކު މަރުވެފައިވާކަމަށް އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފިއެވެ.

އިނގިރޭސިވިލާތުން ބުނީ އެގައުމުން މަރުވި މީހާއަކީ ޖަޕާނުގައި ކަރަންޓީނުކޮށްފައިވާ ޑައިމަންޑު ޕްރިންސަސްއިން ދަތުރުކުރި ޕެސިންޖަރެއް ކަމަށެވެ. އެމީހާ މަރުވެފައިވަނީ ފަރުވާ ދެމުންދަނިކޮށް ޖަޕާންގައެވެ. ޑައިމަންޑު ޕްރިންސަސްގައި ބަލިފެތުރޭތީ އަދި ވެސް ވަނީ ކަރަންޓީނުކޮށްފައެވެ.

ކޮރޯނާ ވައިރަސްގައި މިހާތަނަށް 2869 މީހުން މަރުވެފައިވާ އިރު 83,741 ވަނީ ބަލީގެ އަސަރުކޮށްފައެވެ.