Last Updated: April 19, 10:13
Friday, April 19, 2024
ޚަބަރު

އަދުރޭގެ އިލްތިމާސް ކެންޑިޑޭޓުންނަށް: ފުރަތަމަ ގައުމު އިސްކުރައްވާ

އިދިކޮޅު ޕާޓީތަކުގެ ފަރާތުން ކައުންސިލް އިންތިޚާބަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ގައުމު އިސްކުރެއްވުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިލްތިމާސްކޮށްފިއެވެ.

މިރޭ ޕީޕީއެމުން ބޭއްވި ކެމްޕޭނު ލޯންޗުކުރުމުގެ ހަފްލާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ޕީޕީއެމުން ކައުންސިލް އިންތިޚާބަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާ މުޚާތަބު ކުރަމުން އަދުރޭ ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރާއެކު މަސައްކަތް ކޮށް، ރައްޔިތުންނަށް ލާބަ ހޯދާދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަދި އެއީ ޕީޕީއެމްގެ ފިކުރު ކަމަށާއި، އެއީ ރައީސް ޔާމީންގެ ފިކުރު ކަމަށް ވެސް ކާނިވަލް ސަރަހައްދަށް އެއްވެ ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ މުޚާބަތު ކުރަމުން އަދުރޭ ވިދާޅުވިއެވެ.

އަންނަ އެޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ފަސޭހަކަމާއެކު އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރާނެ ކަމަށް މިރޭގެ ޖަލްސާގައި އަދުރޭ ވިދާޅުވިއެވެ. ސަބަބަކަށް ވަނީ، މިއަދު މިސަރުކާރު ގެނައި އެމްޑީޕީ މެމްބަރުން ވެސް ތިބީ ސަރުކާރު މަތިން ފޫހިވެ، އެމްޑީޕީގެ ވެރިކަން ބަދަލުކުރަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ މެމްބަރުން ސަރުކާރު ގެނައުމަށް ފަހު އެމީހުން މަގުމަތި ކޮށްފި ކަމަށް ވިދާޅުވެ އަދުރޭ ވަނީ އެ މެމްބަރުން ވެސް މިއަދު ބޭނުންވަނީ އަލުން ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށް ބުނެފައެވެ.