Last Updated: April 20, 10:54
Saturday, April 20, 2024
ކުޅިވަރު

އަހަރަކަށްވުރެ ގިނަ ދުވަހަށް ފަހު ލިވަޕޫލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި 44 މެޗު ބަލިނުވެ ކުޅުމަށް ފަހު ލިވަޕޫލުން ރޭ ވަޓްފޯޑްގެ ދަނޑުގައި ބަލިވެއްޖެއެވެ.

މީގެ 16 އަހަރު ކުރިން، 2004 ވަނަ އަހަރު އާސެން ވެންގާގެ އާސެނަލް ޓީމުން ހާސިލްކުރި 'އިންވިންސިބަލްސް' ހާސިލް ކުރުމަށް ޔާގަން ކްލޮޕްގެ ޓީމުން ކުރި މަސައްކަތް ނިމިގެން ދިޔައީ ވަޓްފޯޑާ ކުޅެ 0-3 އިން ބަލިވުމަށް ފަހުގައެވެ.

މިސީޒަނުގައި ލިވަޕޫލުން ފުރަތަމަ ފަހަރަށް ބަލިވެފައިވީ ނަމަވެސް ލީގު އޮތީ ލިވަޕޫލަށް ގާތްގަނޑަކަށް ކަށަވަރުވެފައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު މިހާރުވެސް 22 ޕޮއިންޓުގެ ފަރަގެއް އޮތް ކަން ފާހަގަކޮށްލެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައިނުވާއިރު އިސްމާއިލިއާ ސާރ ވަނީ ވަޓްފޯޑަށް ފަހު ހާފުގައި ކައިރި ކައިރީގައި ދެ ގޯލު ޖަހާ ދީފައެވެ. އެއަށް ފަހު ޓްރޮއި ޑީނީ ވަނީ 72 ވަނަ މިނެޓުގައި ލީޑު 3 އަށް ފުޅާކޮށްފައެވެ.

މިއީ ލިބަޕޫލްގެ ފުރަތަމަ ބައްޔަށް ވެފައިވާއިރު މުޅި ސީޒަނުގައި ވެސް ލިވަޕޫލަށް ދެން މޮޅު ނުވެވުނީ ޔުނައިޓެޑާއި ބައްދަލުކުރި މެޗު އެއްވަރުވެގެންނެވެ.