Last Updated: May 8, 18:18
Wednesday, May 8, 2024
ކުޅިވަރު

މައިލޯ ސްޓްރީޓް ސޮކާގެ ކުއާޓާގެ މެޗުތައް މިރޭ ފަށަނީ

ދަ ފޭދޫ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން އައްޑޫގައި ބާއްވަމުން އަންނަ ސްޓްރީޓު ސޮކާގެ ކުއާޓާފައިނަލްގެ މެޗުތައް މިރޭ ފެށުމަށް ނިންމައިފިއެވެ.

ކުއާޓާފައިނަލްގެ މެޗުތައް ކުރިއަށްދާނީ މިރެޔާއި މާދަމާ ރޭގައެވެ. ކޮންމެ ރެޔަކު ވެސް ކުއާޓާގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ބޭރުމަތި އާއި އެފްސީ ރޮޗެސްޓާ އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ޑީސީ ސްޕޯޓްސް އާއި ޔަންގް މެޖެންޓާއެވެ.

ކުއާޓާގެ މެޗުތައް ފަށާނީ މިރޭ 9:00 ގައެވެ.

ފާއިތުވި 10 އަހަރު ކާމިޔާބު ކަމާއި އެކު ބާއްވާފައިވާ މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ސްކަވޭންޖާސްއެވެ. ރަނައަޕް ހޯދީ ހަބޭސްއެވެ.