Last Updated: June 8, 11:47
Monday, June 8, 2026
ޚަބަރު

މާލޭގެ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ މީހަކު ފިހިއްޖެ

މާލޭގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ މި ހާދިސާ ހިނގީ ޗާންދަނީމަގުގައި ހުންނަ ކެފޭއެއްގައެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ މިއަދު ހެނދުނު 8:00 ހާ އިރު ކަމަށެވެ. އަލިފާން ރޯވީ ޗާންދަނީ މަގުގައި ހުންނަ "ބިގް މޭން އެންޑް ކޯ" ނަމަކަށް ކިޔާ ކެފޭއެެއްގެ ބަދިގޭގައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ އެ އަލިފާނުގައި މީހަކު ފިހިފައިވާ ކަމަށެވެ. އަދި ފިހިފައި ވަނީ ބިދޭސީއެއް ކަމަށާއި އެމީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

އެ ކެފޭގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. ހާދިސާ ހިނގިތާ މާ ގިނަ އިރުތަކެއް ނުވެ، އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލުކޮށްފައެވެ.