Last Updated: April 19, 13:47
Friday, April 19, 2024
ކުޅިވަރު

ރޮޗެސްޓާ އާއި ޔަންގް މެޖެންޓާ ސެމީ އަށް

ދަ ފޭދޫ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން އައްޑޫގައި ބާއްވަމުން އަންނަ ސްޓްރީޓު ސޮކާގެ ސެމީފައިނަލަށް ރޮޗެސްޓާ އާއި ޔަންގް މެޖެންޓާ ދަތުރުކޮށްފިއެވެ.

އެގޮތުން މުބާރާތުގެ ސެމީ އަށް ރޮޗެސްޓާ ދަތުރުކުރީ ބޭރުމަތި އެފްސީގެ މައްޗަށް 3-0 އިން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޮޗެސްޓާގެ ހުސެއިން ސުހެއިލްއެވެ.

ޔަންގް މެޖެންޓާ ސެމީ އަށް ދަތުރުކުރީ ޑީސީ ސްޕޯޓްސްއާ ބައްދަލުކޮށް 1-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުސެއިން ޝިފާޒެވެ.

ކުއާޓާފައިނަލްގެ ދެ މެޗެއް މިރޭ ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްކެވެންޖާސް އާއި އެފްސީ ސްޕްރިންޓެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ހަބޭސް އާއި މަރަދޫ ޔުނައިޓެޑެވެ.

ކުއާޓާގެ މެޗުތައް ފަށާނީ މިރޭ 9:00 ގައެވެ.

ފާއިތުވި 10 އަހަރު ކާމިޔާބު ކަމާއި އެކު ބާއްވާފައިވާ މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ސްކަވޭންޖާސްއެވެ. ރަނައަޕް ހޯދީ ހަބޭސްއެވެ.