Last Updated: March 29, 17:30
Friday, March 29, 2024
ކުޅިވަރު

ސްކެވެންޖާސް އާއި ހަބޭސް ސެމީ އަށް

ދަ ފޭދޫ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން އައްޑޫގައި ބާއްވަމުން އަންނަ ސްޓްރީޓު ސޮކާގެ ސެމީފައިނަލަށް ސްކެވެންޖާސް އާއި ހަބޭސް ދަތުރުކޮށްފިއެވެ.

ސްކެވެންޖާސް ސެމީއަށް ދަތުރުކުރީ އެފްސީ ސްޕްރިންޓާއި ބައްދަލުކޮށް 3-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްކެވެންޖާސްގެ އަޔާޒް އަހުމަދެވެ.

ހަބޭސް ސެމީއަށް ދަތުރުކުރީ މަރަދޫ ޔުނައިޓެޑްގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިބްރާހިމް އަސްވަދެވެ.

މުބާރާތުގެ ސެމީގެ މެޗުތައް ކުޅޭނީ މާދަމާ ރެއެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރޮޗެސްޓާ އާއި ޔަންގް މެޖެންޓާއެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ސްކެވެންޖާސް އާއި ހަބޭސްއެވެ.

ސެމީގެ މެޗުތައް ފަށާނީ މާދަމާ ރޭ 9:00 ގައެވެ.

ފާއިތުވި 10 އަހަރު ކާމިޔާބު ކަމާއި އެކު ބާއްވާފައިވާ މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ސްކަވޭންޖާސްއެވެ. ރަނައަޕް ހޯދީ ހަބޭސްއެވެ.