Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

މުލީގައި ދެ ޑޮކްޓަރު މާރާމާރީ ހިންގައިފި

މުލީގައި މާރާމާރީ ހިންގި ދެ ޑޮކްޓަރުން ތެރެއިން އެއް ޑޮކްޓަރަކު: ފޮޓޯ / އެމްވީ ކްރައިސިސް

މ. މުލީގައި ދެ ޑޮކްޓަރަކު މާރާމާރީ ހިންގައިފިއެވެ.

މާރާމާރީ ހިންގާފައި އޮޕަރޭޝަން ތިއޭޓަރަށް ބަލި މީހަކުވެސް ވައްދާ ވަނިކޮށެވެ. ފުލުހުން ބުނީ އެފަދަ މައްސަލައެއް މިއަދު ހެނދުނު 9:45 އެހާކަށްހާއިރު ހުށަހަޅާފައިވާ ކަމަށެވެ. މި ހާދިސާގައި ދެ ޑޮކްޓަރުންވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގާފައި ވަނީ އިންޑިއާގެ ޑޮކްޓަރަކާއި ނޭޕާލުގެ ޑޮކްޓަރަކާއި ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާތީ އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.