Last Updated: June 8, 09:28
Monday, June 8, 2026
ޚަބަރު

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ތިނަދޫގައި ހުރި ފަތުރުވެރިއަކު ކަރަންޓީން ކޮށްފި

ކޮވިޑް19 އަށް ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން: ފޮޓޯ / އެޗްޕީއޭ

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ވ. ތިނަދޫގައި ހުރި ފަތުރުވެރިއަކު ޝައްކު ކުރެވިގެން އެމީހާ ކަރަންޓީން ކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ކޮރޯނާ ގެ އަލާމާތްތަކެއް ފާހަގަވެފައިވާތީ، އޭނާ ކަރަންޓީނު ސެންޓަރަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެޗްޕީއޭއިން ރޭ ބުނީ އިޓަލީއިން އައިތަނުން ކަރަންޓީނު ކުރި ދިވެހި މީހާ އެ ބައްޔަށް ނެގެޓިވްވުމުން އޭނާ ކަރަންޓީނުން ދޫކޮށްލައިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އިތުރު ދިވެއްސެއްގެ ފަރާތުން އެބަލީގެ އަލާމާތްތައް ފެނިގެން އެ މީހާ ކަރަންޓީނުކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މިއީ މި ވޭތުވެދިޔަ ހަފްތާއެއްގެ ތެރޭގައި ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ކަރަންޓީން ކުރި ތިންވަނަ މީހާއެވެ.