Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ހިތަދޫގައި ހުންނަ ކޮކާކޯލާ އޮފީސް ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ހިތަދޫ ޕޮލިސް ސްޓޭޝަން

ސ. ހިތަދޫގައި ހުންނަ ކޮކާކޯލާ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 4:40 ހާއިރު ހިތަދޫގައި ހުންނަ ކޮކާކޯލާ ކުންފުނީގެ އޮފީސް ފަޅާލައި އެތަނުން ވައްކަން ކޮށްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

މި ވައްކަމުގައި ވަގަށް ގެންގޮސްފައިވަނީ ތިޖޫރި ހަލާލުކޮށްލައިގެން އޭގައި 34،000 ރުފިޔާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.