Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

"ފިޓް އެރޯ" ގޯޅިތެރެ ކުނި ކޮށްޓަކަށް!

"ފިޓް އެރޯ" ގުޅީތެރެއަށް ކުނި ޖަމާކޮށްފައި. ފޮޓޯ/ އައިޝާ

This slideshow requires JavaScript.


ސ. ހިތަދޫގައި ކުރިން "ފިޓް އެރޯ' ރެސްޓޯރެންޓް ހިންގި އިމާރާތް ހުންނަ ގޯޅިގަނޑުތެރެ އަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށް، އެ ސަރަހައްދުން ހިނގާ މީހުންނަށާއި ދުއްވާ މީހުންނަށް ދަތިތަކާ ކުރިމަތިލާނެ ޖެހިއްޖެ އެވެ.

ހިތަދޫގައި ކުރިން އަޑުގެ މީޑިއާ ސެންޓަރު ހިންގި އިމާރާތާއި "ފިޓް އެރޯ" ގެ ގޯޅިގަނޑުގެ ތެރޭގައި ފިޓް އެރޯގެ ބަދިގެ އާ ދިމާލުން މަގު މައްޗަށް އުކާފައިވާ ކުނީގެ ތެރޭގައ ގިނަ އަދަދަކަށް ޕްލާސްޓިކް ފުޅި އާއި ކޮތަޅާއި ކަރުދާސް ފަދަ ބާވަތްތައް ހިމެނެ އެވެ.

"މީގެ ކުރިން އެތަނަށް ކުނިވެފައި ހުންނަ ކާ އެއްޗެހި ވެސް އަޅާފައި ހުންނަ ތަން ފެނޭ. ދުވާ ވަހުން އެ ގޯޅިގަނޑުގެ ތެރެއިން ހިނގޭ ވަރެއް ނުވޭ މިހާރު،" ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "އެހެން ނަމަވެސް މިހާރު އެހާ ބޮޑަށް ކާ އެއްޗެހި އަޅާފައި ހުންނަ ތަނެއް ނުފެނޭ. އެކަމަކު އެއް ދުވަހުން އަނެއް ދުވަހު، އެ ސަރަހައްދަށް ޖަމާވާ ކުނިތައް ގިނަވެ، ގޯޅިގަނޑުގެ ތެރައަށް ކުނިތައް ދަނީ ފެތެރުމުން."

އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ "ފިޓް އެރޯ" ރެސްޓޯރެންޓް ހިންގި ތަނުގައި މިހާރު ކުރަނީ ކޮން ކަމެއްކަން ސީދާ ބުނަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް އެތަނުގައި ބިދޭސީންތަކެއް ހަރަކާތްތެރިވަމުން ދާ ކަމަށާއި އެތަނުގައި ކޮންމެ ދުވަހަކު ކައްކައި ހަދާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެތަން މިހާރު އޮންނަނީ ބިރުވެރި ގޮތަކަށް. ބަޔަކު އެތަނަށް އަޅާލާ ކަހަލަ ގޮތަކަށް ނޫން އޮންނަނީ. އެކަމަކުގެ އެތަނުގެ އިމާރާތުގެ ތެރޭގައި މީހުން ހަރަކާތްތެރިވާ ތަން އަބަދު ވެސް ފެނޭ،" އޭނާ ބުންޏެވެ،

ހިތަދޫ ކުޑަ ކުދިންގެ ޕާކް ކުރިމަތީގައި ހިންގަމުން ދިޔަ "ފިޓް އެރޯ" ރެސްޓޯރެންޓަކީ ބޮޑީ އަައްލާ ހިންގަމުން ދިޔަ ތަނެކެވެ. މިކަމާ ބެހޭ ގޮތުން އޭނާގެ ބަހެެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބްވާ ގޮތެއް ނުވި އެވެ.

އެހެން ނަމަވެސް ފިޓް އެރޯ ގޯޅި ތެރޭގެ ހާލަތު މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލަށް ވެސް ރިޕޯޓް ކުރި ކަމަށް އެ ރަށު މީހަކު ބުންޏެވެ. އެހެން ނަމަވެސް މިހާތަނަށް އެކަން ހައްލު ކުރުމަށް އެއްވެސް މަސައްކަތެއްކޮށްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"ކައުންސިލްގެ ޒިންމާއެއް މިކަހަލަ ކަންކަން ބަލައި، ހައްލު ކުރުމަށް މަސައްކަތް ކުރުމަކީ،" އޭނާ ބުންޏެވެ. "އެކަމަކު ރަށުގައި ހުރި މިފަދަ މައްްސަލަތަކަށް ވުރެ ބޮޑަށް އެ މީހުން އުޅެނީ ހުވަފެނީ ކަަންްތައްތަތަކެއްގެ ތެރޭގައި."