Last Updated: April 24, 09:10
Wednesday, April 24, 2024
ޚަބަރު

އަލާމާތްތައް ފެނުނު މީހަކު މާލެއިން ކަރަންޓީން ކުރަނީ

ކޮވިޑް-19 އާ ގުޅިގެން ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން: ފޮޓޯ / ސަން

ކޮވިޑް-19 ގެ އަލާމާތްތައް ފެނިފައިވާ މީހަކު މާލެއިން ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮރޯނާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ޔުނިވާސަލް އޮފީހުގެ މުވައްޒަފެއް ކަމަށެވެ. ކޮވިޑް-19 މުޅި ރާއްޖެއިން ވެސް އެންމެ ފުރަތަމަ ކޮވިޑް-19 ޖެހުނު މީހާއަކީ އިޓަލީގެ ފަތުރުވެރިއެކެވެ. ނަމަވެސް އެކަން އެނގުނީ އޭނާ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. އޭނާއަކީ އެ ރިސޯޓަށް ޗުއްޓީ ހޭދަ ކުރުމަށް ދިޔަ މީހެކެވެ. އޭނާ ޗުއްޓީ ހޭދަކުރީ ކުރެއްދޫ ރިސޯޓުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެ ފަތުރުވެރިޔާ ނުފުރިގެން މާލެ އައިސް، މާލޭގެ މާގިރި ހޮޓަލުގައި ދެ ދުވަހު މަޑުކުރި ކަމަށެވެ. އަދި ކަރަންޓީނަށް ގެންދާ ޔުނިވާސަލްގެ މުވައްޒަފަކީ އެ އިޓަލީގެ ފަތުރުވެރިޔާއާ ޔުނިވާސަލްގެ ޓިކެޓިން އޮފީހުން ބައްދަލުވެ އޭނާއާ މުއާމަލާތްކުރި މުވައްޒަފުކަމަށް މަބްރޫކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިޓަލީއާ ކޮންޓެކްޓް ޓްރޭސްވި 15 މީހަކު މިހާރުވެސް ސެލްފް އައިސޮލޭޝަންގައި ތިބި ކަމަށާއި ނަމަވެސް އަދި އެމީހުންގެ ފަރާތުން އަލާމާތްތައް ނުފެންނަ ކަމަށެވެ.

ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް ރާއްޖެއިން 63 ސާމްޕަލް އެއް ނެގި ޓެސްޓު ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 49 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި 10 މީހެއްގެ ނަތިޖާ އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ،