Last Updated: July 1, 00:12
Tuesday, June 30, 2026
ސިޔާސީ

އިމާދު ސޯލިހް މަގާމުން ވަކިކޮށްފި

ސ. އަތޮޅު މަދަރަސާގައި އޭ ލެވެލް އަށް ކިޔަވަ ދިނުން އިފްތިތާހު ކުރުމުގެ ރަސްމިއްޔަތުގައި އިމާދު ސޯލިހް އާއި ރައީސް ވަހީދު އަދި ސްކޫލްގެ ޕްރިންސިޕަލް ޒީނިއާ ފޮޓޯ/ ރައީސް އޮފީސް

އެޑިއުކެޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އިމާދު ސޯލިހް މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ.

އިމާދު މަގާމުން ވަކި ކުރިކަން ރައީސް އޮފީހުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

އިމާދު މަގާމުން ވަކިކޮށްފައިވަނީ "ގައުމައިގެން ކުރިއަށް" ކޯލިޝަނުގެ ރަނިންމެޓް އަހުމަދު ތަސްނީނު އަލީގެ އެދުމުގެ މަތިން ކަމަށް މައުލޫމާތު ލިބެ އެވެ.

އިމާދު ސާލިހް ވަނީ އެޑިއުކެޝަންގެ ސްޓެޓް މިނިސްޓަރަކަށް ހުންނަވައިގެން ރާއްޖޭގެ ތައުލީމަށާއި ހާއްސަކޮށް އައްޑޫގެ ތައުލީމަށް ގިނަ މަސައްކަތްތަކެއްކޮށް ދެއްވާފަ އެވެ.

ދާދި ފަހުން އައްޑޫ ހައި ސްކޫލްގައި ބޭއްވި ގްރަޑުއޭޝަން ރަސްމިއްޔަތުގައި ސްކޫލް ޕްރިންސިޕަލް އިބްރާހިމް ނަދީމް ވިދާޅުވީ އައްޑޫ ހައި ސްކޫލަށް އިމާދުގެ ފަރާތުން ވަރަށް ހާއްސަ އެއްބަރުލުމެއް ލިބިގެން ދިޔަ ކަމަށެވެ.

އެގޮތުން ކްލާސް ރޫމްގެ ދަތިކަން ބޮޑުވެފައިވަނިކޮށް އެކަން ހައްލުކޮށްދެއްވީ އިމާދުގެ މަސައްކަތުންކަމަށް ވިދާޅުވެ އިމާދަށް ވަނި ޝުކުރު ދަ ންނަވާފައެވެ.

އިމާދު ވަޒީފާއިން ވަކި ކުރެއްވި އިރު ފޭދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލު ކުރެއްވުމަށް ފޭދޫ އެސްޓީއޯ ފިހާރަ ސަރުކާރަށް ނަަގައި އެތަނުގައި އާ އިމާރާތެއް އެޅުމަށް ވަނީ ނިންމަވާފަ އެވެ.

އަދި އިރުޝާދިއްޔާ ސްކޫލާއި، އަތޮޅު ދަރަސާގައި އޭލެވެލް ކިޔަވައި ދޭން ފަށައި ސްކޫލްތަކަށް ބޮޑެތި ކުރިއެރުން ވަނީ ހޯއްދަވާ ދެއްވާފަ އެވެެ.

އިމާދު މަގާމުން ވަކި ކުރީ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން ވަކިވެ ޖުމްހުރީ ޕާޓީ އާ ކޯލިޝަން ހެދުމާ ގުޅިގެންނެވެ.