Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

ޝުމްބާ ފުލުހަށް ހާޒިރުކޮށް، ފޯނު އަތުލައިފި

ޝުމްބާ ---ފޮޓޯ / ޝުމްބާ ފޭސްބުކް

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ސޯޝަލް މީޑިއާ އެކްޓިވިސްޓު އަހުމަދު އަޝްރަފު (ޝުމްބާ) ފުލުހުންގެ އިދާރާއަށް މިރޭ ހާޒިރުކޮށްފިއެވެ.

ޝުމްބާގެ ފޯނު ހޯދުމަށް ފުލުހުން ވަނީ ކޯޓު އަމުރެއް ހޯދާފައެވެ. އެ އަމުރުގައި ބުނެފައިވަނީ ޝުމްބާއަށް ތުހުމަތު ކުރަނީ ސޯޝަލް މީޑިއާ ޕްލެޓު ފޯމެއް ކަމަށްވާ އެމްވީ ކްރައިސިސް މެދުވެރިކޮށް ދައުލަތުގެ ސިއްރު މައުލޫމާތު ހުއްދަ ނޫން ގޮތުގައި ހާމަކުރުމާއި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުން ކަމަށެވެ.

ކޯޓު އަމުރު ހޯދަން ބޭނުންވާ ސަބަބު ކަމަށް ބުނެފައިވަނީ ޝުމްބާ އަކީ އެމްވީ ކްރައިސިސް ހިންގާ ފަރާތް ކަމަށްވާތީ އެ މައްސަލައިގެ ހެކި އަދި ގަރީނާ ހޯދުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން މާދަމާ ޝުމްބާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވެސް ވަނީ އަންގާފައެވެ.