Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

މާލޭގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލެ ސިޓީގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މާފަންނު ގެއެއްގައި 46 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށެވެ. ފުލުހުން ބުނީ އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ވަޒީފާ އަދާކުރަމުންދާ އޮފީހުގެ ސެކިއުރިޓީ ގާޑަކަށް އިންދާ ކަމަށް ފުލުހުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.