Last Updated: June 9, 20:11
Tuesday, June 9, 2026
ސިޔާސީ

100،000ރ. ގެ ބޯޑިން ފާހަށް ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އަންނަ ރިޔާސީ އިންތިޚާބުގައި އެއްބުރުން ހޮވުމަށްޓަކައި އައްޑޫ ސިޓީ އެމްޑީޕީގެ ކެމްޕެއިން ޓީމުން އިންތިޒާމް ކޮށްގެން "1 ލައްކަ ރުފިޔާގެ 3 ބޯޑިން ޕާސް" ދޫކުރުން މިއަދުން ފެށިގެން އޮގަސްޓް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަން އައްޑޫ ސިޓީގެ "އެއްބުރުން" ކެމްޕެއިން ޓީމުން ބުނެފި އެވެ.

މި ފަހަރު މި ދޫކުރާ ކޮންމެ ބޯޑިން ޕާހެއްގެ އަގަކީ 1 ލައްކަ ރުފިޔާކަމުން މި "1 ލައްކަ ރުފިޔާގެ 3 ބޯޑިން ޕާސް" އެންމެ ފުރަތަމަ އެދިވަޑައިގަންނަވާ ތިން ބޭފުޅުންނަށް ދޫކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ކެމްޕޭން ޓީމުން ބުންޏެވެ.

"1 ލައްކަ ރުފިޔާގެ 3 ބޯޑިން ޕާސް" ލިބިވަޑައިގަންނަ ވާނީ އައްޑޫ ސިޓީގެ ކެމްޕެއިން ޓީމުގެ ފަންޑު ކޮމިޓީގެ ޗެއަ އަބްދުލް ޙަމީދު 7771941 އާ ގުޅުއްވުމުން ކަމަށް ވެސް ކެމްޕޭން ޓީމުން ބުނެ އެވެ.

"1 ލައްކަ ރުފިޔާގެ 3 ބޯޑީން ޕާސް" ހޯއްދަވާ ބޭފުޅުންނަށް އައްޑޫ ސިޓީގެ އެމްޑީޕީގެ މެމްބަަރުންނާއި، ސަޕޯޓަރުން ހިތުގެ އަޑިން އެ ބޭފުޅުން ޤަބޫލުކޮށް ބަލައި ގަންނާނެ ކަމާއި، އެ ބޭފުޅުންނަށް އައްޑޫ ސިޓިގެ "އެއްބުރުން" ކެމްޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގަންނަ ވާނެ އެވެ.

އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަރިއަހުގައި އައްޑޫ ސިޓީގެ ކެމްޕެއިން ދަތުރުތަކުގައި ބައިވެރިވެ ވަޑައިގެންނެވޭނެ އެވެ.

ނަޝީދު އެއްބުރުން ހޮވުމަށްޓަކައި އައްޑޫ ސިޓީއިން އިންތިޒާމް ކޮށްގެން މި ނިމިދިޔަ ޖޫން މަހުވެސް ވަނީ "ބޯޑިން ޕާސް އެއްބުރުން” މި ނަމުގައި މާލޭގައި ހަރަކާތްތަކެއް ފައްޓާފަ އެވެ.
އަދި "1 ލައްކަ ރުފިޔާގެ 3 ބޯޑީންޕާސް" މިއީ ވެސް “ބޯޑިން ޕާސް އެއްބުރުން" ނާއި ގުޅުން ހުރި ހަރަކާތެއް ކަމަށް ވެސް އައްޑޫ ސިޓީގެ ކެމްޕޭން ޓީމުން ބުނެ އެވެ.