Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

ދުވަހު ކުއްޔަށް ނެގި ތަންތަނަށް 2.2 މިލިއަން ރުފިޔާ!

17 ވަނަ ސާކް ސަމިޓަށް އައްޑުއާއި ފުވައްމުލަކު ޒިޔާރަތްކުރި ފަރާތްތައް ފުވައްމުލަކަށް ޒިޔާތަރްކުރަނީ. 2.2 މިލިއަނަށް ވުރެ ގިނަ ފައިސާ ވަނީ ދުވަހު ކުއްޔަށް ހަރަދުކޮށްފައި. ފޮޓޯ: ރައިސް އޮފީސް

17 ވަނަ ސާކް ސަމިޓަށް އައްޑުއާއި ފުވައްމުލަކު ޒިޔާރަތްކުރި ފަރާތްތައް ބޭއްތިއްބުމަށް ދުވަހު ކުއްޔަށް ނެގި ކޮޓަރިތަކަށް 2.2 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ހަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން އައްޑޫއާއި ފުވައްމުލަކަށް ޒިޔާރަތްކުރި ފަރާތައް ބޭއްތިއްބުމަށް ހިފި ކޮޓަރިތަކަށް 2،292،900 (ދެމިލިއަން ދެލައްކަ ނުވަދިހަ ދެހާސް ނުވަސަތޭކަ) ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އޮޑިޓާރ ޖެނެރަލް ފާހަނގަ ކޮށްފައިވާ ގޮތުގައި ދުވަހު ކުއްޔަށް ކޮޓަރި ނެގުމުގައި "އާދަޔާހިލާފް" ބޮޑު ކުލީގައި ކޮޓަރި ވަނީ ހިފާފައެވެ.

އަދި ކޮޓަރިތައް ހިފާފައިވަނީ ސީދާ ގޭގެ ވެރިފަރާތުން ކޮޓަރި ހިފުމުގެ ބަދަލުގައި ދެވަނަ ފަރާތެއް މެދުވެރިވެގެންނެވެ. އެގޮތުން ދެވަނަ ފަރާތެއް ޝާމިލް ވުމުން ކޮޓަރީގެ އަގު އާދަޔާ ހިލާފަށް ބޮޑު ކޮށްފައިވާކަމަށް އޮޑިޓަރ ޖެނެރަލް ފާހަނގަކޮށްފައިވެއެވެ.

އައްޑޫ އާއި ފުވައްމުލަކުން ސާކް ސަމިޓް ދުވަސްވަރު ކޮޓަރިތައް ކުއްޔަށް ނަގާފައިވަނީ 10،000 އާއި 40،000ރުފިޔާއާއި ދޭތެރޭގައެވެ. އަދި އެގޮތުން ކުއްޔަށް ނެގި ބައެއް ތަންތަނަށް އެއްބަސްވި އަގަށް ކުލި ނުލިބިގެން އެފަރާތަކުން ކަމާއި ބެހޭ ފަރާތްތަކުގައި ޝަކުވާކޮށާްފައިވެއެވެ.