Last Updated: April 26, 20:24
Friday, April 26, 2024
ކުޅިވަރު

ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައް ފަސްކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އަންނަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައް ފަސްކޮށްފިއެވެ.

ޔޫއެފާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގެ މެޗުތަކާއި، ޔޫއެފާ ޔޫތް ލީގުގެ ކުއާޓާފައިނަލް މެޗުތައް ފަސްކުރުމަށް ނިންމާފައިވާ ކަަމަށެވެ.

މި މެޗުތައް ދެން ކުޅޭނެ ތާރީހަކާއި މެޗު ފަހުން ގޮތެއް ނިންމާނެ ކަމަށްވެސް ޔޫއެފާ އިން ބުނެއެވެ.

މި މެޗުތައް ފަސްކުރުމުން މި މަހުގެ 20 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލްގެ ގުރުއަތުލުން ވެސް މިހާރު ވަނީ ފަސްކޮށްފައެވެ.

ޔޫއެފާ އިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ކޮވިޑް-19 އާއި ގުޅިގެން ޔޫރަޕްގެ ބޮޑެތި ބައެއް ލީގުތަކުގެ ކުޅުން ވެސް މިހާރު ވަނީ މެދުކަނާލާފައެވެ.