Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

މީދޫގައި ހުރި ބިޔަ ގަސްތަކެއް ކަނޑާލައިފި

މީދޫގައި ހުރި ފިތުރޯނު ގަސްތަކެއް ކަނޑާލާފައ. ފޮޓޯ/ ވީއޯއެމް

ސ. މީދޫ ބަނދަރު ސަރަހައްދަށް ދިމާލަށް އޮންނަ ގާ އެތުރި މަގުގައި ހުރި ފެތިރޯނު ގަސްތަކުގެ ތެރެއިން ބައެއް ގަސްތައް ކަނޑާލައިފި އެވެ.

އެނގިފައިވާ ގޮތުގައި ބިޔަކޮށް ހެދިފައިވާ ހިޔާ ދޭ އެ ގަސްތައް ކަނޑާލި މީހަކު މިގަސްތައް ކަނޑާލާފައި ވަނީ މީދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އެންވަޔަރަމަންޓް ޑިޕާޓްމެންޓްގެ ހުއްދަ ލިބިގެންނެވެ.

މީދޫ ބަނދަރަށް ދާ މަގުގެ ވާތް ފަރާތުގައި އިންދާފައިވާ ފެތިރޯނު ގަސްތައް ހެދިފައި ވަނިކޮށް އެގަސްތަކާއި ގާތްގަނޑަކަށް ހައެއްކަ ފޫޓް ދުރުގައި ސާކް ސަމިޓާ ދިމާކޮށް ރާނާފައިވާ ފާރު ވެއްޓިދާނެ ކަމަށް ބުނެ އެ ގަސްތައް ކަނޑާލަމުންދާތީ މީދޫގެ ބައެއް ފަރާތްތަކުން ދަނީ ނުރުހުން ވެސް ފާޅު ކުރަމުންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން މީދޫ އާއި ހުޅުދޫގެ ބޮޑު މަގުގައި އިންދާފައިވާ ހިޔާދޭ ބޮޑެތި ގަސްތައް ވެސް އައްޑޫސިޓީ ކައުންސިލްގެ އެންވަރަޔަމަންޓް ޑިޕާޓްމެންޓްގެ ބެލުމުގެ ދަށުން ކަނޑާލުމަށް ފަހު ގަސްތައް ވަނީ ނަގާފަ އެވެ.

މީގެ 25 ވަރަަކަށް އަހަރު ކުރީން އިންދާފައިވާ އެ ގަސްތައް ނަގާފައި ވަނީ މީދޫގެ ބޮޑު މަގުގައި ގާއަތުރައިގެން މަގު ރަނގަޅު ފެންވަރަކަށް ހެދޭނީ އެގަސްތައް ނެގުމުން ކަމަށް ބުނެފަ އެވެ.